އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން އިންތިހާބުގައި ވާދަނުކުރައްވަން ނިންމައިފިއެވެ.

ޓްވިޓާ މެދުވެރިކޮށް ޝުޖާއު އާންމުކުރެއްވި ބަޔާނެއްގައި ހާމަކުރައްވާފައިވަނީ ރާއްޖޭގެ އެއްވެސް ޕާޓީއެއްގެ އެތެރޭގައި ޑިމޮކްރަސީއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ އެކިއެކި ލީޑަރުންނަށް އޭނާގެ ބަޔާނުގައި ފާޑު ވިދާޅުވެފައިވެއެވެ.

” އަޅުގަނޑު އެދެނީ ގައުމުގެ ޒުވާނުން ބާރުވެރިވެ، ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންުމުގައި ނުފޫޒުތަކުން އެއްކިބާވެވޭވެ ދުވަހެއް ދެއްކެވުމެވެ. އަޅުގަނޑު މިކުރާ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އަރުވަމެވެ،” ޝުޖާއު އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.

ޝުޖާއު އިންތިހާބުގައި ވާދަނުކުރަން ނިންމެވި އިރު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން މިއަދު އިއުލާނުކުރައްވާފައެވެ.

Next: ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވާނެ – ޑރ. ޝަހީމް