ޓްރަކެއް ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ބޮޑުހިލަ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޓްރަކެއް ބާރު ސްޕީޑްގައި ދުއްވާފައިދަނިކޮށް  ކޮންޓްރޯލް ނުކުރެވިގެން ގޮސް އައްޑޫސިޓީގެ ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭ 21:30 ހާއިރު ހިގި މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބޮޑުހިލަ ބަރުކޮށްގެން ދުއްވާފައިދިޔަ މިޓްރަކް  ގަމުން ހިތަދޫ އަށް ދަތުރުކުރަމުން ދަނިކޮށެވެ.

Next: އައްޑޫ ސިޓީ ގަމާއި ސައުތުއެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހު ފަށަނީ