މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މީދޫ ޝަމްސުއްދީން ސްކޫލްގެ ކެޑޭޓްކޯ އިން އިންތިޒާމްކޮށްގެން މީދޫގެ ބޮޑެތި މަގުތަކުގައި ޕެރޭޑެއް ބާއްވައިފިއެވެ.
ޝަމްސުއްދީން ސްކޫލްގެ ކެޑޭޓް ކޯއިން އިންތިޒާމްކޮށްގެން ބޭއްވި މި ޕެރޭޑްގައި ޝަމްސުއްދީން ސްކޫލްގެ ކެޑޭޓް ކޯގެ މެމްބަރުންނާއި މުދައްރިސުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެތިން އަހަރުގެ މެދުކެޑުމަކަށްފަހު ޝައްމސުއްދީން ސްކޫލުން ބޭއްވި މި ޕެރޭޑް މީދޫގެ ބޮޑެތި މަގުތަކުގައި ބޭއްވުނު އިރު ޕެރޭޑް އެކި ސަރަހައްދުތަކުގައި މަޑު ކުރުމަށް ފަހު، އެ ސްކޫލުގެ ބޭންޑުން ތަފާތު ރާގު ކުޅެފައިވެ އެވެ.
ޕެރޭޑް ބޭއްވުނު މަގުތަކަށް މީދޫގެ ވަރަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވެ ޕެރޭޑް ބަލާފައިވެ އެވެ.