ގުރުއާން ހިތުދަސްކޮށްގެން ދެއްވާ މެޑަލް ސ. މީދޫ މެރިހާނާ މަރިޔަމްދީދީ ހާސިލްކޮށްފި

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލްއާއި ހަނދާނީލިއުން ސ. މީދޫ މެރިހާނާ އަލްހާފިޒާ މަރިޔަމްދީދީ ހާސިލްކޮށްފިއެވެ

ގައުމީ ހިދުމަތުގެ އިނާމު ދިނުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ސ. މީދޫ މެރިހާނާ އަލްހާފިޒާ މަރިޔަމްދީދީއާއި ހަނދާނީ ލިއުމާ މެޑަލް ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމެވެ.

އަލްހާފިޒާ މަރިޔަމްދީދީގެ އިތުރަށް ރޭ ބޭއްވުނު ރަސްމިއްޔާތުގައި ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން އިތުރު  ފަސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލް އާއި ހަނދާނީ ލިއުންވަނީ ހަވާލްކޮށްދެއްވާފައެވެ. މި ފަސް ބޭފުޅުންނަށްވެސް މެޑަލްއާއި ހަނދާނީ ލިއުން ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމެވެ.

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރޭ މެޑަލް އެރުވި ބޭފުޅުން

އަލްހާފިޒާ މަރިޔަމް ދީދީ، މެރިހާނާ ސ. މީދޫ

Next: އާއްމު ސިއްހަތު ކުރިއެރުވުމުގެ ރޮގުން ޑރ. އަބްދުﷲ އަފީފަށް ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވައިފި