ޒުބޭރުގެ މަރާއިބެހޭ މައުލޫމާތުތަކުގެ ޞައްޙަކަންދަނީ ކަށަވަރުކުރަމުން – އެން.ސީ.ޓީ.ސީ

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޯބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ އަޙްމަދު ޒުބޭރުގެ މަރާއިބެހޭގޮތުން ލިބިފައިވާ މައުލޫމަތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ކަމާއި ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންގެންދާކަމަށްނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު(އެން.ސީ.ޓީ.ސީ)ން ހާމަކޮށްފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބުނެފައިވަނީ ސީރިއާގައި ބޯ ކަނޑާލައިގެން މަރާލި ކަމަށް ބުނާ ވ.މެޑަލްޖެހިގޭ އަހްމަދު ޒުބޭރު ސީރިއާއަށް ދިޔައިރު އޭނާގެ އަނބިމީހާ އާއި ދެ ކުދިން ވެސް ގެންދިޔަ ކަމަށެވެ. އަދި އަޙްމަދު ޒުބޭރުއަކީ ދީނީ ހަރުކަށި ފިކުރުތަކަށް ތަބާވެ، އެފަދަ ފިކުރުތައް ފަތުރަން މަސައްކަތް ކޮށްފައިވާކަމުގެ ރެކޯޑް އޮންނަ މީހެއް ކަމުގައި ވެސް އެ ސެންޓަރުން ބުންޏެވެ.

އެހެންކަމުން އޭނާއަކީ ބޭރުގެ ޖަމާޢަތްތަކާ ގުޅިގެން، ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދަތުރުކޮށްފައިވާ ދިވެހިންގެ ލިސްޓްގައި ހިމެނޭ ފަރާތެއްކަމަށްވެސް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެއެވެ.

ޒުބޭރު މަރާލާފައިވަނީ އައިސްއާއެކު ހަނގުރާމައަށް ގޮސް ސީރިއާގައި އުޅެނިކޮށް ސީރިއާގައި އޮންނަ އައިއެސްއާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ތަހުރީރުއް ޝާމުންގެ ޖަމާއަތުން އޭނާ ހައްޔަރު ކުރުމަށްފަހު އެވެ. އޭނާ މަރާލާފައިވަނީ ބޯ ބުރިކޮށްލައިގެން ކަމަށްމީޑިއާތަކުގައި ބުނެފައިވެއެވެ.

Next: ” މިނިވަން ކަޕް ” ފުޓްސަލް މުބާރާތް – އައްޑޫގެ ފުޓްބޯޅައިގެ ދިރުން