މިނިވަންކަޕް 2018 : ފައިނަލަށް ތައްލިހިއާއި ޑީކޭ

ހުޅުދޫގައި މިހާރު ބާއްވަމުންދާ  “މިނިވަންކަޕް ފުޓްސަލް މުބާރާތު”ގެ ފައިނަލަށް ތައްލިހި އާއި ޑީކޭ ދަތުރުކޮށްފި އެވެ. މި ދެ ޓީމަކީވެސް ހުޅުދުއަށް ނިސްބަތްވާ ދެ ޓީމެވެ.

މިނިވަން  ކަޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިރޭ ގައުމާއި ބައްދަލުކުރިމެޗުން ތައްލިހި މޮޅުވެފައިވަނީ  5 – 2 ގެ ނަތީޖާއަކުންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހީގެ ޝަމްހާދު ސައީދެވެ.

ސެމީގެ ދެވަނަ މެޗްގައި މިރޭ ރިސޯޓްބޯއިސްއާއި ބައްދަލުކޮށް ޑީކޭ މޮޅުވެފައިވަނީ  7-4 ގެ ނަތީޖާއަކުންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭގެ އަބްދުﷲ އިމްރާނެވެ.

ޗެމްޕިއަންޓީމަކަށް 35000ރ  ރަނައަޕް ޓީމަކަށް 20000 ރ ގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބާރާތުގައި މީދޫ އެއްޓީމާއި މަރަދޫން އެއްޓީމު އަދި ހިތަދޫ ވެމްކޯއިން އެއްޓީމާއި ހުޅުދުން 6 ޓީމެއް ބައިވެރިވިއެވެ.

މިމުބާރާތުގެ ފައިނަލްމެޗްގެ ކުޅުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެރޭ 9:00 ގައެވެ.

Next: “ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި