ޒެލޯން ބަލިކޮށް ގައުމު ސެމީއަށް

މިހާރު ހުޅުދޫގައި ކުރިއަށްދާ މިނިވަންކަޕް ފުޓްސަލް  މުބާރާތުގެ ކްއާޓާފައިނަލްގެ ދެވަނަ މެޗުގައި މިރޭ ގައުމާއި މަރަދޫ ޒިލޯން ބައްދަލުކުރިމެޗުން  ޒިލޯން ބަލިކޮށް ގައުމުން ސެމީފައިނަލްގެ 4 ވަނަ ޖާގަ ކަށަވަރު ކޮށްފިއެވެ.

މިރޭގެ މެޗުފަށައިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 3 ލަނޑު 1 ލަނޑުން ގައުމު ލީޑުގައި އޮވެގެންނެވެ.

މިމެޗްގެ ދެވަނަ ހާފްގައިވެސް  ދެޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެވަނަ ހާފްގައި ގައުމަށް އިތުރު 3 ލަނޑު ކާމިޔާބުކުރެވުނުއިރު ދެވަނަ ހާފްގެ ކުޅުމުގައި ޒެލޯންއިންވަނީ 4 ލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗް ނިމިގެން ގޮސްފައިވަނީ 6 ލަނޑު 5 ލަނޑުން ގައުމު މޮޅުވެގެންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ގައުމަށް 3 ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ އުއްމީދީ ފޯވާޑް ސަބާހުއެވެ.

ގައުމު ސެމީފައިނަލްގައި ބައްދަލުކުރަންޖެހެނީ މިމުބާރާތުގެ ގްރޫޕް އޭއިން އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވުނު ތައްލިހިއާއެވެ. ތައްލިހިއާއި ގައުމު ގްރޫޕް ސްޓޭޖްގައި ބައްދަލުކޮށް ކުޅުނުމެޗް 4 ލަނޑު 4 ލަނޑުންވަނީ އެއްވަރުވެފައެެވެ.

Next: “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފި