އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް،ބީއެމްއެލްގެ އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން މީގެ ކުރިން އޭޓީއެމްތަކުން ހިދުމަތް ހޯދުމަށް ކާޑު ސްލޮޓަށް ލައްވާފައި ވަގުތުން ނަގާ ގޮތަށް އިން ނަމަވެސް، މިހާރު އެ ކާޑު ސްލޮޓަށް ލެއްވުމަށްފަހު އެ ބޭނުންވާ ހިދުމަތް ހޯދާ ނިމެންދެން ކާޑު ނުނަގާ ގޮތަށް ބަދަލު ގެނެސްފައިވާކަމަށް ބިއެމްއެލުން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލް އިން މިގޮތަށް ބަދަލުގެނައީ ކީއްވެކަން ހާމަކޮށްފައިނުވި ނަމަވެސް މާލޭގެ އޭޓީއެމްތަކުގައި މިހާރު މިގޮތަށް ކަންތައް ކުރުމަށް އިޝްތިހާރުތަކެއް ވަނީ ތަތްކޮށްފައެވެ.

މި އަދުން ފެށިގެން މި އައި ބަދަލުތައް މިވަގުތު ގެނެސްފައި ވަނީ ހަމައެކަނި މާލެ ރީޖަންގައި ބޭނުން ކުރަމުންދާ އެ ބޭންކްގެ އޭޓީއެމްތަކަށް އެކަންޏެވެ.

ބީއެމްއެލްއިން މިގޮތަށް ބަދަލުގެނެސްފައިމި ވަނީ ކާޑުގެ މައުލޫމާތު ހޯދައިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވެފައިވަނިކޮށެވެ.

ބީއެމްއެލުން ވަނީ ހަތަރު ވައްތަރެއްގެ ކާޑެއް ތަޢާރަފްކޮށްފައެވެ.

Next: މިނިވަންކަޕް 2018 : ކްއާޓާފައިނަލްގައި ޑީކޭއާއި ކެެނެރީފް – ޒެލޯންއާއި ގައުމު އެފްސީ