އެފްއޭކަޕް ޗެލްސީން ކާމިޔާބުކޮށްފި

މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ޗެލްސީން ރޭ ހޯދައިފި އެވެ.

ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އެޑެން ހަޒާޑް އެވެ. މިއީ ހަޒާޑް ޗެލްސީ އަށް ކުޅެދިން 300 ވަނަ މެޗެވެ.

ރޭގެ މެޗްގައި ޔުނައިޓެޑަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މިގޮތުން ޔުނައިޓެޑަށް ކުޅުނު އިންގްލެންޑްގެ ފޯވާޑް ރެޝްފޯޑަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި  ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، ދެ ވަނަ ހާފުގައި އޭނާއަށް  ލިބުނު ބޯޅައިން އޭނާ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

އަދި މީގެ އިތުރަށް މެންޗެސްޓަރގެ މަޓިޗް ފޮނުވާލި ނުރައްކާތެރި ހަމަލާވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މެޗްގެ ފަހު ކޮޅު  ޔުނައިޓެޑްގެ ޕޮގްބާ އަށް ލިބުނު ފުރުސަތުގެ ބޭނުންވެސް  ނުހިފުނެވެ.

މިމެޗްގައި ޗެލްސީވެސް އަށް ދެ ވަނަ ލަނޑެއް ޖަހާ މެޗްގެ ލީޑު ފުޅާކުރަން އެޓީމުގެ އަލޮންސޯ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

މިއީ އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި ދެ ވަނަ ފަހަރެވެ. މީގެ 11 އަހަރު ކުރިން ޗެލްސީން މި މުބާރާތުގެ ފައިނަލުގައި ޔުނައިޓެޑްބަލިކޮށް ޗެމްޕިއަންކަން ހޯދިއިރު، އޭރު ޗެލްސީގެ ކޯޗަކަށް ހުރީ މިހާރު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.

ޕްރިމިއާލީގު މިދިޔަ އަހަރު ކާމިޔާބުކުރި ޗެލްސީއަށް މިއަހަރު  ޕްރިމިއާ ލީގުން ލިބިފައިވަނީ 5 ވަނައެވ

Next: ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފި