ހުޅުމީދޫގައި މިމަހުގެ 18 ވަނަ ދުވަހުގެރޭ ޚާއްސަ ދަރުހެއް ބާއްވަނީ

ހިލާލުޖަމްޢިއްޔާއިން އިންތިޒާމު ކޮށްގެން 18 މެއި 2018  ވާ ހުކުރު ދުވަހުގެރޭ  ވަރަށް ޚާއްޞަ ދަރުހެއް  ހުޅުމީދޫ  ބޭވުމަށް ހަމަޖެހިއްޖެއެވެ.

މިދަރުސް މިބާއްވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން އާއި ހުޅުމީދޫގެ ޒުވާނުން ގުޅިގެނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަޙްމަދު ސަމީރެވެ.

ދަރުސްގެ މައުޟޫޢުއަކީ “ ޙަޔާތުގެ މަޤްޞަދު“ އެވެ.  ހުޅުމީދޫ ޕޮލިސް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ  18 މެއި 2018 ވާ ހުކުރު ދުވަހުގެރޭ  21:15 ގައެވެ.

ހިލާލު ޖަމްޢިއްޔާ ޢަކީ ދާދިފަހުން ހުޅުމީދޫ ގައި އުފެދިފައިވާ ޖަމްޢިއްޔާއެކެވެ

 

Next: ތަފާތުކުރުމުގެ ގޮތުން ދިމާކޮށް ފުރައްސާރަކުރުމަކީ ހޭލުންތެރި މުޖުތަމައެއްގައި ހިނގައިގެންވާނެ ކަމެއް ނޫން