އާސެނަލް ބަލިކޮށް ޔޫރަޕާ ލީގުގެ ފައިނަލަށް އެތުލެޓިކޯ ދަތުރުކޮށްފި

އާސެނަލް 1 ލަނޑު 0 ލަނޑުން ބަލިކޮށް ޔޫރަޕާ ލީގުގެ ފައިނަލަށް އެތްލެޓިކޯ  މެޑްރިޑް ދަތުރުކޮށްފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މި ދެ ޓީމު އާސެނަލްގެ ދަނޑުގައި  ބައްދަލުކުރި މެޗް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައިަނިކޮށް ރޭ މެޗް 1 ލަނޑު 0 ލަނޑުން އެތުލެޓިކޯ މެޑްރިޑު މޮޅުވުމުން މުބާރާތުގެ ފައިނަލަށް އެތްލެޓިކޯ ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ގްރިޒްމަން ދިން ޕާހަކުން ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އެތްލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ.

ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން އާސެނަލް މިޑްފީލްޑަރު ރަމްސީ އަށާ  އާސެނަލްގެ  ޒަކާ އަށް އަދި މިކިތާރިޔަން ވެސް ރަގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ. އެހެން މިއިން ފުރުސަތެއްގެ ބޭނުން އެއިން ކުޅުންތެރިއަކަށް ހިފޭގޮތެއް ނުވިއެވެ.

މިއީ ޔޫރޮޕާ ލީގުގެ ފައިނަލަށް އެތްލެޓިކޯ ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެކުރިން އެތުލެޓިކޯ ފައިނަލްގައި ކުޅުނު ދެފަހަރު ވެސް އެޓީމުންވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މުބާރާތުން އާސެނަލް ކެޓުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެޓީމަށް ޖާގަ ނުލިބޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މިއީ ޗެމްޕިއަންސް ލީގަށް އާސެނަލް ޖެހިޖެހިގެން ކޮލިފައިނުވި ދެވަނަ ފަހަރެވެ.

މުބާރާތުގެ ފައިނަލްގައި އެތްލެޓިކޯ ބައްދަލުކުރާނީ ފްރާންސްގެ މާސޭއާއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ

Next: ރައީސް ޔާމީން ވަނީ ކުރު މުއްދަތެއްގައި ރާއްޖޭގެ މަލަމަތި ބަދަލުކުރައްވާފައި – މެޑަމް ފާތުން