ވަންޑޭ ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ ވުމެން އެފްސީ ހޯދައި

ފުލުހުންގެ 85 ވަނަ އަހަރީދުވަހާއި ގުޅުވައިގެން ފުލުހުން އިންތިޒާމްކޮށްގެން ފޭދޫގައި ބޭއްވި ވަންޑޭ ކަޕް  ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ ވުމެން އެފްސީ ހޯދައިފިއެވެ

ހަތަރުޓީމެް ބައިވެރިކޮށްގެން މިމަހުގެ އެއްވަނަ ދުވަހު ފޭދޫ ފުޓްސަލް ދަނޑުގައި ބޭއްވުނު މިމުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ ވުމެން އެފްސީ  ހޯދާފައިވަނީ މަރަދޫ އަވައެފްޓީއާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.

މިމެޗްގައި ހުޅުދޫ ވުމެން އެފްސީން ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މަރިޔަމް ޒައިނާއާއި މަމްޝޫދާ ޒާހިރުއެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ  ހުޅުދޫ ވުމެން އެފްސީގެ މަރިޔަމް ޒައިނާއެވެ.

Next: ފުޓުބޯޅަ ފޯރީގެ ނަމުގައި އުރީދޫއިން ވަރަށް ތަފާތު ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި