4-2 ން ރޯމާ މޮޅުވެ ލިވަޕޫލް ފައިނަލުން ޖާގަ ހޯދައިފި

4 ލަނޑު 2 ލަނޑުން ލިވަޕޫލްއަތުން ރޯމާ މޮޅުވެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ލިވަޕޫލަށް ފައިނަލުން ޖާގަލިބުނީ  ސެމީ ފައިނަލުގެ ދެ ވަނަ ލެގުން މިރޭ ރޯމާ އަތުން 2-4 އިން ބަލިވެ، ދެ ލެގުގެ އެގްރިގޭޓުން 6-7 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ފުރަތަމަ ލެގުގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ.

މިއީ 2007 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މުބާރާތުގެ ފައިނަލްގައި ލިވަޕޫލް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

Next: ރޯދަމަހަށް ޙާއްސަ އަގުތަކެއްގައި އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި