އިރުޝާދިއްޔާ ބަލިކޮށް ޝަރަފުއްދީން ފައިނަލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގެ ފައިނަލަށް  ޝަރަފުއްދީން ސްކޫލް ދަތުރުކޮށްފިއެވެ.

ޝަރަފުއްދީން ސްކޫލް ފައިނަލަށް ހޮވުނީ ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ ހަވީރު އިރުޝާދިއްޔާއާއި ޝަރަފުއްދީން ބައްދަލުކޮށް ކުޅުނު މެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

5 ޓީމް ވާދަކުރާ 16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފަނައިނަލަށް ޝަރަފުއްދީން ސްކޫލް ހޮވިފައިމިވަނީ އެޓީމު ކުޅުނު 4 މެޗުން 8 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމުގެ  ގޮތުގައެވެ.

16 އަހަރުން ދަށުގެ އުމުރު ފުރައިގެ ފަނައިނަލުގައި ޝަރަފުއްދީން ސްކޫލާއި ބައްދަލުކުރެ ޓީމެއް ކަށަވަރުވާނީ  މިއަދު ހަވީރު ހިތަދޫ ސްކޫލްގެ ޓީމާއި އަތޮޅުމަދަރުސާ ބައްދަލުކުރާމެޗްގެ ނަތީޖާ ނިކުންނަގޮތަކުންނެވެ.

3 މެޗުން 4 ޕޮއިންޓް ލިބިފައިވާ މިދެޓީމުންކުރެ ކޮންމެ ޓީމެއް މޮޅުވިޔަސް ޝަރަފުއްދީން ސްކޫލާއި ފައިނަލްގައި ބައްދަލުކުރާނީ މޮޅުވާ ޓީމެކެވެ.  މިއަދު ގެ މިއަދުގެ މެޗް އެއްވަރުވެގެން ނިމިއްޖެނަމަ ފައިނަލަށް ހޮވޭނީ 4 މެޗުން 6 ޕޮއިންޓް ލިބިފައިވާ ފޭދޫ ސްކޫލްގެ ޓީމެވެ.

މިމުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި އިއްޔެ މެންދުރު ކުޅެވުނު މެޗްވެސް ކާމިޔާބުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ ޓީމެވެ. ޝަރަފުއްދީން ސްކޫލްގެ ޓީމު މިމެޗް ކާމިޔާބުކޮށްފައިވަނީ ހުޅުދޫ ސްކޫލްގެ ޓީމާ ވާދަކޮށް 4 ލަނޑު 2 ލަނޑުންނެވެ.

މިމެޗުން ޝަރަފުއްދީން ސްކޫލްގެ ޓީމު މޮޅުވުމުން އެޓީމުވެސްވަނީ 14 އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލަށް ހޮވިފައެވެ.

Next: ހިތަދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް