ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 14 އަހަރުން ދަށުގެޓީމް ކުޅުނުމެޗް އެއްވަރުވެގެން ނިމިއްޖެވެ.

ހިތަދޫ ސްޓޭޑިއަމްގައި އިއްޔެ މެންދުރު ފޭދޫ ސްކޫލްގެ ޓިމާ ބައްދަލުކޮށް ޝަމްސުއްދީން ސްކޫލްގެ ޓީމް ކުޅުނު މިމެޗް އެއްވަރުވެފައިވަނީ އެއްވެސް ކޮޅަކަށް ލަނޑެއްނުޖެހި ދެޓީމް އެއްވަރުވެގެންނެވެ.

އިއްޔެގެ މިމެޗްގައި ޝަމްސުއްދީން ސްކޫލްޓީމްގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗްގެ އެންމެ ފަހު މިނިޓްގެ ތެރޭގައި ޝަމްސުއްދީންގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ފޭދޫ ސްކޫލްގެ ގޯލްތެރެއަށް ވަދެގެން ރެފްރީ އެއީ ލަނޑެއްކަމަށް ނިންމާ އަދި ސްކޯބޯޑަށްވެސް ޝަމްސުއްދީން ސްކޫލުން ލަނޑެއް ޖެހިކަމަށް ބަދަލުކުރުމުން ޝަމްސުއްދީން ސްކޫލްގެ ކުޅުންތެރީންނާއި އޮފިޝަލުން އުފާފާޅުކޮށް ހަދާފައިވެއެވެ. އެހެން ނަމަވެސް  ލައިންސްމަން ކުއްލިއަކަށް ދިދަ ހިއްލާލުމުން ރެފްރީ ފަހުން ނިންމީ އެއީ ލަނޑެއްނޫންކަމަށެވެ.

އިއްޔެ މެޗާއެކު މިމުބާރާތުގައި މިދެޓީމް ކުޅެންޖެހޭ މެޗްތައް ނިމުނުއިރު މިދެޓީމަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި މިދެޓީމުވެސްވަނީ މުބާރާތުން ކަޓާފައެވެ.

Next: ތޫފާން “ފްލެމްބޮޔަން” ގެ ސަބަބުން ދެކުނު ރަށްރަށަށް އުދައަރާފާނެ ކަމަށް މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން ބުނެފި