ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހުޅުމީދޫގައި ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.
ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ސ. އަތޮޅުމަދަރުސާގައި ކުރިއަށް ގެންދިޔަ މިސެޝަންގައި 60 ވުރެ ގިނަ މީހުންނަށް އިންތިޚާބާއިބެހޭ މަޢުލޫމާތު ދީފައިވެއެވެ.
ހުޅުމީދޫގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދެވުނު މިތަމްރީން ޕްރޮގްރާމްތައް ހިތަދޫއާއި ފޭދޫއާއި މަރަދޫއާއި އަދި މަރަދޫ ފޭދޫގައިވެސް ވަނީ ބާއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ މިޓްރެއިނިން ޕްރޮގްރާމްތައް ބާއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ އައްޑޫގައި އިލެކްޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން މިފަހަރުގެ ޕްރޮގްރާމަކީ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަމަށެވެ.