ތަފާތު ބޮޑުކޮށް ޝަރަފުއްދީން ސްކޫލް މޮޅުވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު  ކުޅެވުނު 14 އަހަރުން ދަށުގެމެޗް ތަފާތު ބޮޑު ނަތީޖާއަކުން ޝަރަފުއްދީން ސްކޫލްގެ ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ޝަރަފުއްދީން ސްކޫލްގެ ކާމިޔާބުކޮށްފައިވަނީ ފޭދޫސްކޫލްގެ ޓީމާ ވާދަކޮށް 5 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގައި ޝަރަފުއްދީން ސްކޫލްޓީމުން ކާމިޔާބުކުރި ފަސްލަނޑުގެ ތެރެއިން އަހުމަދު މައިސަމްއާއި އިބްރާހިމް އާލަމާއި ދެކުޅުންތެރީން ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.  ޝަރަފުއްދީން ސްކޫލްގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ހަސަން ޖައިޝަމްއެވެ.

ފޭދޫ ސްކޫލްގެ ޓީމަށް މިމެޗްގައި ކާމިޔާބުކުރެވުނު ލަނޑަކީ ޝަރަފުއްދީން ސްކޫލްގެ މުހައްމަދު ޝާއިން ފޮނުވާލި ބޯޅައެއް ފޭދޫ ސްކޫލްގެ ކުޅުންތެރިއެއްގެ ފައިގައިޖެހިފައި ބައިކޮޅަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

Next: ފޭދޫ ސްކޫލުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފި