ގަދަ 5 ބައިވެރިންގެ ހުށައެޅުންތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފަހު ޝޯވ މިރޭ އޮންނާނެއެވެ.
މިރޭ 22:30 ވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިވާ ގާލާ ރައުންޑުގެ 7 ވަނަ ޝޯ އަކީ ކުރީގެ ޝޯވތަކާއި ޚިލާފަށް 2 ތީމަކަށް ކޮންމެ ބައިވެރިއަކުވެސް 2 ލަވަ ހުށައަޅައިދޭގޮތަށް ކުރިއަށް ގެންދާނެ ޝޯވއެކެވެ.
މިގޮތުން މިރޭގެ ޝޯވ ހާއްސަކޮށްފައިވާ 2 ތީމަކީ “ފޭންސް ޗޮއިސް” އަދި “ދަ ސޯންގް ދެޓް އިންސްޕަޔަރޑް މީ”އެވެ.
މިރޭގެ ޝޯވއަށްފަހު މަދަމާ ރޭގެ އެލިމިނޭޝަން ނައިޓާއެކު ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ ދަށުން ޕޮއިންޓް ލިބޭ 2 ބައިވެރިއަކަށް އައިޑަލްގެ މި ދަތުރު ނިމި މި ފަހަރުގެ ސީޒަންގެ ގަދަ 3 ބައިވެރިން ކަށަވަރުވާނެއެވެ.
އައިޑަލްގެ ސީޒަން ތިނެއްގެ ގަދަ 5 ގައި ވާދަކުރަނީ 3 އަންހެން ބައިވެރިންނާއި، 2 ފިރިހެން ބައިވެރިން.ނެވެ އެއީ އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ. މި 5 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭގެ ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް އޮންނާނެއެވެ.
މި ބައިވެރިންނަށް ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.