ސަހާފްގެ ހެޓްރިކާއެކު އިރުޝާދިއްޔާ ސްކޫލްގެ މައްޗަށް އަތޮޅުމަދަރުސާ ކުރިހޯދައިފި

ސަހާފްގެ ހެޓްރިކާއެކު އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަންގާރަ ދުވަހު ހަވީރު ކުޅެވުނު 16 އަހަރުން ދަށުގެ މެޗް އަތޮޅުމަދަރުސާގެޓީމް ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް އަތޮޅުމަދަރުސާޓީމް ކާމިޔާބުކުރީ އިރުޝާދިއްޔާ ސްކޫލްގެ ޓިމާ ބައްދަލުކޮށް 4 ލަނޑު 1 ލަނޑުންނެވެ.

އަތޮޅުމަދަރުސާ ޓީމުން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 13 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސަހާފްއެވެ.

 

މިމެޗްގެ ފުރަތަމަ ހާފް ނިމުނީ 1 ލަނޑު 0 ލަނޑުން އަތޮޅުމަދަރުސާ ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފްގެކުޅުން ފެށިގެން މެޗްގެ 53 ވަނަ މިނިޓްގައި ސަހާފްވަނީ އަތޮޅުމަދަރުސާޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަތޮޅުމަދަރުސާ ޓީމުގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރިތާ 4 މިނިޓް ފަހުން އިރުޝާދިއްޔާއިން މިމެޗްގައި  ކާމިޔާބުކުރި ހަައެކަނި ލަނޑު  57 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ސިޔާމެވެ.

މިމެޗްގައި އަތޮޅުމަދަރުސާޓީމުން ކާމިޔާބުކުރި 3 ވަނަ ލަނޑު 65 ވަނަ މިނިޓްގައި މުހައްމަދު މީސަންއެވެ. އަދި ސަހާފްވަނީ އަތޮޅުމަދަރުސާޓީމުގެ 4 ވަނަ ލަނޑު 68 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދީ މިމެޗައި ހެޓްރިކް ހަދާފައެވެ.

މިމުބާރާތުގައި އަތޮޅުމަދަރުސާޓީމް ކުޅުނު ފުރަތަމަ މެޗަގައި ޝަރަފުއްދީން ސްކޫލްގެ ޓީމާވާދަކޮށް 3 ލަނޑު 3 ލަނޑުވަނީ އެއްވަރުވެފައެވެ. އިރުޝާދިއްޔާ ސްކޫލްވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ހިތަދޫ ސްކޫލްގެ ޓީމާ ބައްދަލު 3 ލަނޑު 2 ލަނޑުން މޮޅުވެފައެވެ.

Next: ސުވާލު އުފެދުނު 12 ގޮނޑި އާއި މެދު ސުޕްރީމް ކޯޓުން ޙުކުމްއިއްވައިފި