ދުބާއީގައި މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖޭ ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، ދުބާއީ ފުލުހުންނާއި ދިވެހި ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކު އަތުލައިގަތީ މަސްތުވާތަކެއްޗާއި އެކުގައި ކަމަށެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ދުބާއީ އިންނެވެ.

ފުލުހުން ވިދާޅުވިގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެއް ކިލޯގެ މަސްތުވާތަކެއްޗާއި އެކުގައެވެ. މި މައްސަލަ ދުބާއީ ފުލުހުން މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން މިހާތަނަށް އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

Next: އިތުރުވަގުތުގެ ފަހު މިނިޓްގައި ޖެހިގޯލުން ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން ސްކޫލް ކުރި ހޯދައިފި