މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަސް

މިއަދަކީ ރާއްޖޭގެ ޝަހީދުންގެ ދުވަހެވެ.ޝަހީދުންގެ ދުވަހަކީ ޤައުމުގެ މިނިވަންކަންރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވައިޝަހީދުވި ނަސީބުވެރި ދިވެހި ދަރީންގެހަނދާންތައް އާކުރެވޭ ދުވަހެވެ. އަދި އެމުޖާހިދުންނަށް ހައްގު ޝުކުރާއި ތައުރީފު އަދާކުރުމުގެ ދުވަހެވެ. އެ މާތް ބަތަލުންގެ ޖިހާދުންއިބްރަތް ލިބިގަތުމާއި، އެ މަގުގައި ހިނގުމަށްއަޒުމް ކަނޑައެޅުމުގެ ދުވަސް ވެސް މެ އެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވާ އެންމެޚާއްސަ ބަތަލަކީ އައްސުލްތާން އަލީ ހަވަނަ ސިރީއައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. މިއީދިވެހި ގައުމުގައި އުފެދުނު އެންމެ މަތިވެރިޝަހީދު ކަމުގައިވާ އަލިރަސްގެފާނެވެ. ޕޯޗްގީޒުންދިވެހިރާއްޖެ އަށް ދިން އެންމެ ނުރައްކާތެރިއުދުވާނީ ހަމަލައިން މި ލޮބުވެތި ދިވެހި ގައުމުދިފާއު ކުރެއްވުމަށްޓަކައި އެ ރަސްގެފާނު ޖިހާދުކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ތާރީޚީ ހާދިސާހިނގީ 1 ޝައުބާން 965 ގައެވެ.

މި އަދަކީ މިތާރީޚީ ހާދިސާ އަށް 474 އަހަރުފުރުނު ދުވަހެވެ. މިއަދު ޝަހީދުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު އަލިރަސްގެފާނާއި އަދިމިނޫން ވެސް ގައުމުގެ އަގުހުރި ޝަހީދުންގައުމަށްޓަކައި ވެ ވަޑައިގެންނެވި ގުރުބާނީންއިބްރަތް ހާސިލްކުރަމުން ހަނދާން ކުރަން ޖެހޭއެންމެ މުހިންމު ނުކުތާ އަކީ ދިވެހި ގައުމަށްމިހާތަނަށް ކުރިމަތިވި ބޭރުގެ ހުރިހާ އުދުވާނީހަމަލައެއްގައި ދިވެހީންގެ ބަޔަކު ބައިވެރިވެފައިވާކަމެވެ. ގައުމުގެ ޚާއިނުން ކަމުގައި ވެފައިވާކަމެވެ.

އެހެންކަމުން މިފަދަ ޚިޔާނާތްތެރިއަމަލުތަކުން ދުރުހެލިވުމުގައި ދިވެހީންގެ އެންމެންއަޒުމް ކަނޑައަޅައި އެގޮތަށް އަމަލު ކުރަން ޖެހެއެވެ. އޭރުން ކުރިމަގުގައި ގައުމަށް މިފަދަ ބޭރުގެއުދުވާނީ ހަމަލަތައް ކުރިމަތިވުމުގެ ދޮރުބަންދުވެގެން ދާނެ ކަމީ ދިވެހި ތާރީޚުން ފެންނަންއޮތް ހަގީގަތެވެ.

Next: އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: މިއަދު ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ފޭދޫ ސްކޫލްގެ ޓިމާއި ހިތަދޫ ސްކޫލްގެ ޓީމް