ކަފާލާތުގެ ދަށުން ސަލްމާން ދޫކޮށްލައިފި

 ފުއްލާ އެއް މަރާލި މައްސަލައެއްގައި ސަލްމާން ޚާންގެ މައްޗަށް އިއްވާފައިވާ 5 އަހަރު ދުވަހުގެ  ޖަލު ހުކުމުގެ މައްސަލާގައި ސަލްމާން ޚާންގެ ވަކީލުން ހުށަހެޅި ކަފާލާތުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާ ކަފާލާތުގެ ދަށުން އޭނާ މިއަދު މިނިވަން ކުރަށް އެގައުމުގެ ޖޯދުޕޫރު ކޯޓުން ނިންމައިފި އެވެ.

ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަނީ 50 ހާސް ރުޕީސްގެ ބޮންޑަކާއި އިތުރު 50 ހާސް ރުޕީސްގެ ސެކިއުރިޓީސް ބެހެއްޓުމަށްފަހުގައި އެވެ.

މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މިހާރު ކުރިޔަށްދަނީ އޭނަ ދޫކޮށްލުމަށް ބެނުންވާ ލިޔެކިޔުންތަކުގެ މަސައްކަތެވެ.

ސަލްމާންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު “ހަމް ސާތު ސާތު ހޭ”ގެ މަސައްކަތް ކުރިއަށް ދިޔައިރު ދެ ފުއްލާއެއް މަރާލި މައްސަލައިގާ އެވެ.

ސަލްމާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އޭނާ ޖަލު ގޮޅިއަށް ލާފައި ވާއިރު، އޭނާގެ ބޮޑެތި ފިލްމުތަކެއްގެ މަސައްކަތް ކުރިއަށް އެބަ ހުއްޓެވެ. އޭގެ ތެރޭގައި “ރޭސް 3″، “ބާރަތު”، “ކިކް 2” އަދި “ދަބާންގް 3” ހިމެނެއެވެ.

ޖަލު ހުކުމް އައުމުން އެންމެ ގެއްލުން ވާނެ ކަމަށް ބެލެވުނީ ރޭސް 3 އަށެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ނިންމާފައި ވުމުން ފިލްމުގެ ތަކުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމުގައި މިވަނީ ބެލެވިފަ އެވެ.

Next: ސިޓީ 2 ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެން ސިޓީގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދައިފި