“ފަރުކޮއި” ޕްރޮޖެކްޓް ޝަމްސުއްދީން ސްކޫލްގައި ފަށައިފި

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަންގަވައިގެން ސްކޫލްތަކާއި ގުޅިގެން މުޅިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢު “ފަރުކޮއި” ޕްރޮޖެކްޓް ޝަަމްސުއްދީން ސްކޫލްގައިވެސް ފަށައިފިއެވެ.

“ފަރުކޮއި” ޕްރޮޖެކްޓް ޝަމްސުއްދީން ސްކޫލްގައި ފެށުމުގެ ގޮތުން އެސްކޫލްގެ ދަރިވަރުންނާއި، އަދި ސްޓާފުން ބައިވެރިކޮށްގެން ،ފަރާއި މޫދާއި، އަދި ޑީޕްސީގެ އިތުރަށް މުރަކަތައް ވެސް ހަމަލޮލުން ބަލާލުމުގެ ފުރުޞަތު ޝަމްސުއްދީން ސްކޫލްގެ  ދަރިވަރުންނަށް ފަހިކޮށްދީފައިވެއެވެ.

ފަރުކޮއި ޕްރޮޖެކްޓްގެ އެޑިއުކޭޝަން މިނިސްޓްރީން ހިންގުމުގެ ޢަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް މަދުވެގެން އަހަރަކު އެއްފަހަރު ފަރުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ކުއްޖަކީވެސް ރީފް އެމްބެސެޑަރަކަށް ހަދާ، ފަރުތަކާއި މުރަކަތައް އަދި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ދަރިވަރުންނަށް ބާރުއަޅާ ހަރަކާތްތަކެއް ކުރިއަށްގެންދިޔުންކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފަރުކޮއި ޕްރޮޖެކްޓްގެ ދަށުން ޝަމްސުއްދީން ސްކޫލްގެ ފަރާތުން ކުރިއަށް ގެންދެވުނު ހަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް ފަރުތަކާއި މުރަކަތަކާއި ބެހޭ މައުލޫމާތު ދެއްވާފައިވަނީ  ހުސެން މުފީދެވެ.

ފަރުކޮއި ޕްރޮޖެކްޓް ޝަމްސުއްދީން ސްކޫލުން ކުރިއަށް ގެންދިޔައިރު  ހުޅުމީދޫ ޕޮލިސްގެ ފަރާތުން މިހަރަކާތުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

Next: ޒޯން 8 ގެ ފައިނަނަލްގެ ފުރަތަމަމެޗް ހިތަދޫޓީމް ކާމިޔާބުކޮށްފި