ގަމުގައި ކުރިން މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ގްރޫޕެއް އިއްޔެ މީދުއަށް ކުރި ދަތުރުގެ ތެރެއިން

މަތީގައި ވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސ. ގަމުގައި ތިބި އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕެއް މިހާރު އައްޑޫސިޓީއަށް ކުރަމުންދާ ދަތުރުގައި މިއެޕްރީލްމަހުގެ އެއްވަނަ ދުވަހު މީދުއަށް ކުރި ދަތުރުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް

އިނގިރޭސި ރޯޔަލް އެއާފޯސްގެ ސިފައިންގެ ގްރޫޕްގެ މީހުން މީދުއަށް ކުރި ޒިޔާރަތުގައި މީދޫ ކަޅިބިތްފަރާތުގައި އެމީހުން ބޮޑުބަޑި ބެހެއްޓި ސަރަހަށްދަށް ގޮސް އެސަރަހައްދު ބަލާފައިވެއެވެ. އަދި މީގެ އިތުރަށް އެމީހުންނާއިއެކު އެދުވަސްވަރު ގަމުގައި މަސައްކަތްކުރި މީދޫގެ މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހަދިޔާ ދީފައިވެއެވެ.

އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕްގެ މީހުން މީދުއަށް ކުރި މިދަތުރު އިންތިޒާމްކުރި ފަރާތުން ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ އެގްރޫޕްގެ މީހުން މީދުއަށް ޒިޔާރަތްކުރުމުން ބެހެއްޓި މެހުމާން ދާރީއާއި މީދުން އެމީހުންނަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި އެމީހުން މީދޫގެ ރަށްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައިވާކަމަށެވެ.

 

Next: އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު