ގަމުގައި ކުރިން މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ގްރޫޕެއް އިއްޔެ މީދުއަށް ޒިޔާރަތްކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސ. ގަމުގައި ތިބި އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕެއް މިހާރު އައްޑޫސިޓީއަށް ކުރަމުންދާ ދަތުރުގައި އިއްޔެ މީދުއަށް ޒިޔާރަތްކޮށްފިއެވެ.

އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕްގެ މީހުން އިއްޔެ މީދުއަށް ޒިޔާރަތްކުރުމުން އެމީހުންނަށް މީދުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އަދި މީގެ އިތުރަށް އިއްޔެ މީދުއަށް ޒިޔާރަތްކުރި އިނގިރޭސި ރޯޔަލް އެއާފޯސްގެ ގްރޫޕަށް އިއްޔެ މެންދުރުގެ ކެއުން ބާއްވާފައިވަނީ މީދޫ ” ރާފަޅާ ” ސަރަހައްދުގައެވެ. މިކެއުން އިންތިޒާމްކޮށްފައިވަނީ ރާފަޅާ ސަރަހައްދުގައި މަސައްކަތްކުރައްވާ މީދޫ ގްރޫޕްގެ ފަރާތުންނެވެ.

އިނގިރޭސި ރޯޔަލް އެއާފޯސްގެ ސިފައިންގެ ގްރޫޕްގެ މީހުން އިއްޔެ މީދުއަށް ކުރި ޒިޔާރަތުގައި މީދޫ ކަޅިބިތްފަރާތުގައި އެމީހުން ބޮޑުބަޑި ބެހެއްޓި ސަރަހަށްދަށް ގޮސް އެސަރަހައްދު ބަލާފައިވެއެވެ. އަދި މީގެ އިތުރަށް އެމީހުންނާއިއެކު އެދުވަސްވަރު ގަމުގައި މަސައްކަތްކުރި މީދޫގެ މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހަދިޔާ ދީފައިވެއެވެ.

އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕްގެ މީހުން އިއްޔެ މީދުއަށް ކުރި ދަތުރު އިންތިޒާމްކުރި ފަރާތުން ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ އެގްރޫޕްގެ މީހުން މީދުއަށް ޒިޔާރަތްކުރުމުން ބެހެއްޓި މެހުމާން ދާރީއާއި މީދުން އެމީހުންނަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި އެމީހުން މީދޫގެ ރަށްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައިވާކަމަށެވެ.

Next: ގަމުގައި ކުރިން މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ގްރޫޕެއް އިއްޔެ މީދުއަށް ކުރި ދަތުރުގެ ތެރެއިން