ފެނަކައިގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރަކަށް ލައްމާން

ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން މި މަގާމަށް މިއަދު ހަމަ ޖެއްސެވީ، މިފްކޯގެ ޕްރޮކިއުމެންޓް ހެޑް ގެ ގޮތުގައި ހުންނެވި މުހައްމަދު ލަމާންއެވެ.

ލައްމާން އަކީ މީގެ ކުރިންވެސް ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ފެނަކައިގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރަކަށް ލަމާން އައްޔަން ކުރެވިގެން ދިޔައިރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފު މިހާރު ހުންނެވީ އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައެވެ.

ޝަރީފް އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމާއި ގުޅިގެން ފެނަކަ، ވަގުތީ ގޮތުން ހިންގެވުން ޙަވާލު ކުރެއްވީ އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ޙަލީމް އާ އެވެ.

 

Next: މޯލްޑިވިއަން އައިޑަލް ސީޒަން 3 : ގަދަ 9 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 3 ވަނަ ޝޯވ މިރޭ