ރާއްޖޭގައި މަޖިލިސް ކުރިޔަށް ދާ ގޮތާމެދު އައިޕީޔޫން ތައުރީފުކޮށްފި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު، މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވާ ގޮތާމެދު، އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ ބައްދަލުވުމުގައި ތަޢުރީފް ކޮށްފިއެވެ.

ސުވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ 138 ވަނަ އެސެންބްލީގައި މިކަން ހާމަކޮށް އައިޕީޔޫން ވަނީ ރާއްޖެއަށް ތައުރީފުކޮށްފައެވެ.

އިންޓަރ ޕާލަމެންޓަރީ ޔޫނިއަންގެ 138 ވަނަ އެސެންބްލީގައި ރާއްޖެ ތަމްސީލް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އެވެ.

Next: މިނިވަން ޗެމްޕިއަންޝިޕް އައްޑޫ މުބާރާތް: ފޭދޫޓީމާ ހިތަދޫޓީމް ބައްދަލުކުރިމެޗް ފޭދޫޓީމް ކާމިޔާބުކޮށްފި