“ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީން

އޮސްޓްރިއާގެ ރިސަރޗް ފާރމްއެއްކަމަށްވާ “ސްޓެޓިސްޓިކާ އިންކް” އިން އެކުލަވާލި “ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހިމެނިއްޖެއެވެ.

ކޮރަޕްޓް އިންޑެކްސްއާ، އިޤްތިޞާދީ މަސައްކަތްތަކުގެ އިތުރުން ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުމާ އެނޫންވެސް މުހިންމު ކަންކަމުގެ މައްޗަށް ކުރި މިރިސަރޗަށްފަހު އެންމެ މޮޅު ނުވަތަ އެންމެ ރަނގަޅު 10 ރައީސެއްގެ ނަން ވަނީ އާންމުކޮށްފައެވެ.

އެގޮތުން މިލިސްޓު ތަރުތީބުން ތިރީގައި ހިމަނާލާނަމެވެ.

މިލިސްޓު އެކުލަވާލުމުގައި ބަލާފައިވަނީ މިހާރު ވެރިކަމުގައި ތިއްބެވި ރައީސުންނާ ބޮޑުވަޒީރުންނަށްކަމަށް ސްޓެޓިސްޓިކާއިން ވަނީ ބުނެފައެވެ.

މިލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީންގެ ނަން ހިމެނިފައިވާއިރު މީގެ ކުރިންވެސް އެންމެ މަޤްބޫލު ރައީސުންގެ ލިސްޓުން އެމަނިކުފާނު ވަނީ ޖާގަ ހޯއްދަވާފައެވެ.

Next: ދާދުގެ 4 ލަނޑާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި