މިރޭ 20:30 ން 21:30 އަށް ފާހަގަކުރެވުނު އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން ހުޅުދޫއާއި މީދޫގެ ބޮޑެތި މަގުތަކުގެ މަގުބައްތިތަކާއި ހުޅުދޫއާއި މީދޫގެ ބަނދަރު އަދި އާބަނދަރުގެ ބޮކިތައްވެސް ނިއްވާލައިފިއެވެ.
ފެނަކަ ހުޅުމީދޫ ބްރާންޗުން އިސްނަގައިގެން ހުޅުދޫއާއި މީދޫގެ މުވައްސަސާތަކާ ވާހަކަ ދައްކަވައިގެން ކުރިއަށް ގެންދެވުނު މިހަރަކާތުގައި ހުޅުދޫއާއި މީދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުންވެސް އެވަގުތު ވީހާވެސް ގިނަ ބޮކިތައް ނިވާ ކަރަންޓް ބޭނުންކުރެވުނު މިންވަރު ދައްކުރެވުނެވެ.
އާތް އަވާ ރާއްޖޭގައި ފާހަގަ ކުރަން ފެށީ 2009 ވަނަ އަހަރު އެވެ. ދެތިން އަހަރު ވަންދެން ކުލަގަދަކޮށް، ތަފާތު ގޮތް ގޮތަށް އާތް އަވާ ފާހަގަ ކުރި އެވެ. މިގޮތުން އާތުއަވާ ފާހަގަކުރާ ގަޑީގައި އެއް ގަޑި އިރަށް ކަރަންޓު ކަނޑާލުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުންވެސް ހިމެނެއެވެ.
އާތް އަވާ ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގެ ރޭ 8:30 ން 9:30 އަށެވެ. މިއަހަރުގެ އާތް އަވާގެ ޝިއާރަކީ “ދުނިޔެއާއި ގުޅުވާލަމާ” އެވެ.
އާތް އަވާ މުޅި ދުނިޔޭގައި ފާހަގަ ކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.