ދިރާގުން ގެލެކްސީ އެސް9 އާއި އެސް9 ޕްލަސް މާދަމާރޭ ނެރެނީ

އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން މާދަމާ ރޭ ތައާރަފްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން މިއަދު ބުނީ، މާދަމާ ރޭ ދިރާގު މައި އޮފީހުގައި އޮންނަ ރަސްމިއްޔާތެއްގެ ތެރެއިން އެސް 9 އާއި އެސް9 ޕްލަސް ލޯންޗް ކުރަން ހަމަޖެހިފައިވާކަމަށާއި، އެ ރަސްމިއްޔާތުގައި ސެމްސަންގގެ ޕާޓްނަރުން ބައިވެރިވާނެ ކަމަށެވެ.

މާދަމާ ރޭ ރާއްޖެއަށް އެސް9 އާއި އެސް9 ޕްލަސް ލޯންޗް ކުރާއިރު، އެ ފޯން ގަތުމަށް ޕްރި އޯޑަރ ކުރުމުގެ ފުރުސަތު މިއަދު ހަވީރު 16:00 ގެ ނިޔަލަށް ދިރާގުންވަނީ ކުރިއަށް ގެންގިސްފައެވެ.

ދިރާގުން ބުނީ މިއަދު ހަވީރުގެ ނިޔަލަށް މި ފޯން ގަތުމަށް ޕްރިއޯޑަރ ކުރި މީހުންނަށް މާދަމާ އަންގާނެ ކަމަށެވެ.

މިދިޔަ މަހު ބާސެލޯނާގައި ކުރިޔަށްދިޔަ ވޯލްޑް މޯބައިލް ކޮންގްރެސް 2018 ގައި ސެމްސްންގުން އެސް 9 ދައްކާލާފައިވާއިރު، މި ފޯނުގައި އެންމެ ފަހުގެ ސްނެޕްޑްރެގަން 845 ގެ ޕްރޮސެސަރ އެއްގެ އިތުރުން 6 ޖީބީގެ ރެމް ހިމެނެއެވެ. ހަމައެހެންމެ މި ފޯނު ވެގެންދިޔައީ ދުނިޔޭގެ އެންމެ ފުރަތަމަ “ވޭރިއެބްލް އެޕޭޗާ” ހިމެނޭ ކެމެރާއެއް އެކުލެވިގެން އުފެއްދި ފޯނަށެވެ. މި ކެމެރާއިން 900 އެފްޕީއެސްގައި ސްލޯމޯޝަން ވީޑިއޯ ނަގާލެވޭއިރު، ސެމްސަންގުން ބުނާގޮތުގައި ފޯނުގެ ފޮޓޯ ކޮލިޓީ އެސް8 އަށް ވުރެ ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ.

ފާއިތުވެގެންދިޔަ އަހަރުތަކަށް ބަލާއިރު ދިވެހިންގެ މެދުގައި ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯނުތައް ވަރަށް ބޮޑަށް މަޝްހޫރު ވެގެންގޮސްފައިވެއެވެ

Next: ބޮޑު ބަދަލަކާއިއެކު-އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފެސިލިޓީ