ހިތަދޫ ގެއެއްގެ ގޯތިތެރޭގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފި

ސ.ހިތަދޫ ދިރާމުލި ގޯތި ތެރޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ

އެމްއެންޑީއެފް އިން ހާމަކޮށްފައިވާގޮތުގައި  ރޭ ދަންވަރު، 02:00 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން އެސަރަހައްދަށްގޮސް ރޯވެފައިވާ އަލިފާންގަނޑު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

ކާރުގައި ރޯކޮށްލާފައި ހުރި އަލިފާން ނިއްވާލެވުނު އިރު ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފަ އެއް ނުވެއެވެ. އެހެންނަމަވެސް އެ ގޯތިތެރޭގައި ޕާރކްކޮށްފައި ހުރި ސައިކަލަކަށް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.

ކާރުގައި ރޯވި މި ހާދިސާ، ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ވަރަށް ފަހުންވެސް ވަނީ ހިތަދޫގެ ދެގެއެއްގައި ވެސް އަލިފާން ރޯކޮށް އަންދާލާފައެވެ. އަދި ދޭތެރެ ދޭތެރެއިން ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކުގައިވެސް އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައި ވެއެވެ

Next: ޝަރީއަތް ނިމެންދެން މައުމޫން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި