ވޯލްޑް ސްޕާ އެވޯޑްސް 2018 ރާއްޖޭގައި ބާއްވަން ނިންމައިފި

ވޯލްޑް ސްޕާ އެވޯޑްސް 2018 ރާއްޖޭގައި ބާއްވަން ހަމަޖައްސައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑު “ވޯލްޑް ޓްރެވަލް އެވޯޑްސް”އިން ބާއްވާ ސްޕާ އެވޯޑްސް ގެ ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ ދ. ވޮށްމުލީގައި ހިންގާ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގައެވެ.

އެގޮތުން ވޯލްޑް ސްޕާ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބެސްޓް ސްޕާ އެވޯޑް ލިބިފައިވަނީ ރާއްޖޭގެ ރިސޯޓަކަށެވެ.

Next: އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި