ސްރީލަންކާއަށް ރެޑް އެލާޓް ނެރެފި

މި ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވެ ސްރީލަންކާއަށް ރެޑް އެލާޓް ނެރެފިއެވެ.

ލަންކާގެ ޑިޕާޓްމެންޓް އޮފް މީޓިއޮލޮޖީން ހާމަކުރާ ގޮތުގައި އެގައުމަށް ރެޑް އެލާޓް ނެރެފައިވަނީ އާދަޔާއި ޚިލާފަށް ވައިގަދަވާނެ ލަފާކުރެވޭތީކަމަށާ އަދި ، ދަތުރުފަތުރު ކުރުމަށް ނުރައްކާވާ ވަރަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކުރިޔަށް އޮތް 24 ގަޑިއިރަށް ކަމުގައެވެ.

ލަންކާގައި މިހާރު ކުރަމުންދާ ވިއްސާރައަކީ، ދެކުނުން އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް ލަންކާ މީޓިއޮލޮޖީ ސެންޓަރުން ހާމަކުރެއެވެ.

ލަންކާ މީޓިއޮލޮޖީ ސެންޓަރުން ހާމަކުރާ ގޮތުގައި މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ހުޅަނގާއި ހުޅަނގު އިތުރަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭކަމުގައެވެ.

އަދި ކުރިއަށްއޮތް 48 ގަޑިއިރު ކަނޑު ދަތުރުފަތުރު ނުކުރުމަށް މީޓިއޮލޮޖީ ސެންޓަރުން އިލްތިމާސްކޮށްފައެވެ.

Next: ވެއްޓުނު ފުލައިޓުން ދަތުރުކުރި ދިވެހި ދަރިވަރުގެ ހާލު ރަނގަޅު: ޑރ. ޝަނީޒް