އައްޑޫ ސިޓީއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ތިލަފުށިން ފުރައިގެން ސ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރައް އަރައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި އެ ދޯނިން ދަތުރުކުރީ 4 މީހުން ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްލިބިފައި ނުވާ ކަމަށެވެ.

“ސިގްނަލް 3” ނަމަކަށް ކިޔާ މި ދޯނި ފަރަށް އަރާފައިވަނީ ކ. ވާގަލި ކައިރީ ގައި އޮންނަ މާދިއްގަރު ފަޅުގެ ހުޅަނގު ފަރާތަށްކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާރޑުން މައުލޫމާތު ދެއްވައެވެ.

މި ދޯނީގައި ދަތުރުކުރަމުންދިޔައީ ދިވެއްސަކާއި ތިން ބިދޭސީންނާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ ރޭ ފަތިހު 4:00 ހާއިރު ފަރަށް އެރި މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން މިހާރު ކުރަމުން ދާކަމުގައެވެ.

Next: މީސްމީޑިޔާ މެދުވެރިކޮށް މައްސަލަތަކުގެ މަޢްލޫމާތު ފުލުހުންގެ ތެރެއިން ރިޔާޒު ހޯދި – ޕީޖީ