ސީޕީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނި ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމުގައެވެ.

އެހެންނަމަވެސް މި ކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

އާރިފް ހައްޔަރުކޮށްފައިވަނީ މިއަދު ފުލުހުން އާރިފް ދިރިއުޅުއްވާ މ.ސްނޯރޯސްއަށް ވަދެ އެގެ ބަލާ ފާސް ކުރުމަށްފަހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން އަރީފު ވަކިކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

Next: މި މަހުގެ ކަރަންޓު ބިލުން ތަފާތު ފެންނާނެ – ފެނަކަ