އެސްޓީއޯއިން، ޑީސަލާ ޕެޓްރޯލުގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކުރަން އެކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، 7 މާރޗް 2018 ވަނަ ދުވަހުން ފެށިގެން، އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށް، ބާޒާރުގައި، އެ އަގުތަކުގައި މާދަމާއިން ފެށިގެން ތެޔޮލިބެން ހުންނާނޭ ކަމަށެވެ.

މާދަމާ އިން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ލާރި އަށެވެ. ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.11 ލާރި އަށެވެ.

އެސްޓީއޯއިން ތެޔޮ ވިއްކަމުން އައި އަގަށް ބަދަލު ގެނަސް މިދިޔަ އަހަރުގެ ޖޫން މަހުވެސް ތެލުގެ އަގު ހެޔޮކޮށްފައިވެއެވެ.

Next: ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ބޭރުގެ ބައެއްގެ ދޮރުގައި ޓަކި ޖެހުމަކީ ސިމްޕަލް ކަމެއް ނޫން – ޢާޒިމާ