އެތުލެޓިކޯ މެޑްރިޑްއަތުން މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް ބާސެލޯނާ ހޯދައިފި

މެސީގެ ފުޓްބޯޅައިގެ ކެރިއަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑުން އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރިމެޗުން ބާސެލޯނާ މޮޅުވެއްޖެވެ.

މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ލަނޑު މެޗްގެ 21 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި އެތުލެޓިކޯ ކޮޅަށް ޖެހި 28 ވަނަ ލަނޑެވެ.

ބާސެލޯނާގެ ދަނޑުގައި  ރޭ ކުޅުނު މިމެޗުުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބާސެލޯނާގެ ކުޅުންތެރީންނަށް ލިބިގެން ގޮސްފައިވެއެވެ.

ރޭ ކުޅެވުނު މިމެޗާއެކު ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކު ބާސާ އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯއަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 54 ޕޮއިންޓެވެ

Next: ނޮވެމްބަރު 3 ގައި އިންޑިޔާއިން އެހީވިއިރު އޮތްފަދަ ޙާލަތެއް ރާއްޖެއަކު ނެތް – މެނޮން