އައްޑޫސިޓީ ކައުންސިލާއި ލ. އަތޮޅުކައުންސިލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެގޮތުން ލ. އަތޮޅު ކައުންސިލްގެޓީމެއް އިއްޔެ އައްޑޫ ސިޓީއަށް ޒިޔާރަތްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ލ. އަތޮޅު ކައުންސިލްގެ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ދެ ކައުންސިލްގެ ދެމެދުގައި ގުޅުން ބަދަހިކުރުމެވެ.
ލ. އަތޮޅު ކައުންސިލުގެ ޓީމު އައްޑޫސިޓީއަށް ކުރާ މިދަތުރުގައި އެ ޓީމުން އިއްޔެ ވަނީ އައްޑޫސިޓީގެ ބައެއް ތަންތަން ބައްލަވާ ލައްވައިފައެވެ. އޭގެ ތެރޭގައި މަރަދޫ ބޮނޑޮގެ، އާރުއޭއެފް ސަރަހައްދުގައި ހުންނަ މަސްފެކްޓްރީ އަދި އީދި ގަލި ކިޅި ހިމެނެއެވެ.