މޫސުން ގޯސްވުމުން މެދުތެރޭގެ ބައެއް އަތޮޅުތަކާއި ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ ވ އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. މި ސަރަޙައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން  މެންދުރުފަހު 14:30 ގެ ނިޔަލަށެވެ.

މި އެލާޓާއެކު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވެފައިވަނީ މި ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

ވައިޓް އެލާޓް ނެރެފައިވާނަމަ، ކަމާ ގުޅޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވާން ޖެހެއެވެ.

Next: ފުރަތަމަ 6 ބައިވެރިން ޔަޤީންވެއްޖެ