ވެމްކޯގެ ބިލްތަކަށް ހައިއެނާޖީ އަދި ފިނި މޯބައިލަށް ފައިސާ ދެއްކޭނެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ފަސޭހައިން ބިލަށް ފައިސާ ދެއްކެނޭ އިންތިޒާމް ހަމަޖެއްސުމައްޓަކައި އެކުންފުނިން މީދޫއާއި ހުޅުދޫގެ ދެތަނަކުން ވެމްކޯގެ ބިލްތަކަށް ފައިސާ ބަލައިގަނެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިފިއެވެ.

މިގޮތުން މީދޫ ހައިއެނާޖީން ވެމްކޯގެ ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު މިޚިދުމަތް ހުޅުދުން ލިބެން ހުންނާނީ ފިނި މޯބައިލް ފިހާރައިންނެވެ.

ވެމްކޯގެ ބިލަށް ފައިސާ ބަލައިގަންނަ ތަންތަން ހުންނަ ސަރަހައްދުތައް ވެމްކޯގެ ފޭސްބުކް ޕޭޖުންނާއި  ޓްވީޓާ އެކައުންޓް މެދުވެރިކޮށް އެގޭނެ އިންތިޒާމްވެސް ވެމްކޯއިންވަނީ ހަމަޖައްސާފައެވެ.

Next: ގަދަ 16 ގެ 8 ބައިވެރިންގެ ހުށަހެޅުމާއެކު ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭފަށަނީ