ސުއަރޭޒްގެ ހެޓްރިކާއެކު ޖިރޯނާ އަތުން ބާސާއަށް ބޮޑު މޮޅެއް

ލަލީގާގައި މިރޭ ޖިރޯނާއާއި ބާސެލޯނާ ބައްދަލުކުރި މެޗު 6 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ބާސެލޯނާއިން ޖެހި 6  ލަނޑުގެ ތެރެއިން 3 ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސުއަރޭޒެވެ. ބާސެލޯނާގެ އަނެއް ތިން ލަނޑުގެ ތެރެއިން 2 ލަނޑު މެސީ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ކޫޓީނިއޯއެވެ.

ޖިރޯނާއިން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއަން ޕޯޓޫއެވެ.

މިމެޗުން މޮޅުވުމުން ބާސެލޯނާއަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބެނީ 25 މެޗުން 65 ލިބިގެންނެވެ.

Next: ސްރީދޭވީ މަރުވެއްޖެ