ބެސްޓް ފުޓްސަލް މުބާރާތް 2018- ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް

މިހާރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގެ ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑް ބްރަދާސް ފައިނަލުން ޖާގަހޯދީ މީރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަމެޗްގައި ޝަންގްރިއްލާއާއި ބައްދަލުކޮށް ކުޅުނު މެޗުން 6 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

 

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ބްރަދާސްއަށް މިރޭގެ މެޗްގައި 5  ލަނޑު ކާމިޔާބުކޮށްދިން ސަމީނެވެ.

ބްރަދާސް ޔުނައިޓެޑް ފައިނަލަށް ހޮވިފައިވަނީ މިރޭ ކުޅެވުނު ސެމީފައިނަލްގެ ދެވަނަމެޗްގައި ޑީއެފްސީ އާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

މިމުބާރާތުގެ ފައިނަލަށް ހޮވުނު ދެޓީމަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނު ދެޓީމެވެ. މިދެޓީމް ގްރޫޕް މެޗްތަކުގައި ބައްދަލުކުރި މެޗު 7 ލަނޑު 3 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑް ބްރަދާސްއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

Next: ހުރިހާ ސްކޫލެއްގައި ޓެބްލެޓުތައް ބޭނުން ކުރަން ފަށާނަން، މިއީ ދުނިޔޭގައި މިކަން ކުރާ ފުރަތަމަ ގައުމު – ރައީސް ޔާމީން