ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން ވަކިވާގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ޤާނޫނުއަސާސީ އިސްލާޙު ގެނައުމުގެ ބިލަކީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެމްބަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 91 މެމްބަރުންގެ ތެރެއިން 78 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ބިލު ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ.

ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާހުގައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލްކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިޚާބުވާ މެންބަރަކު، މަޖިލީހުގެ ޢުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެނަމަ މެންބަރުކަމުން ވަކިވާނެކަމަށްވެސް އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނުއަސާސީއަށް ހުށައެޅުނު އިސްލާޙަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ގޯތިތައް ހުސްކުރަން ކައުންސިލުން އެންގި އެންގުން ރަނގަޅު: ހައިކޯޓު

އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހުސް ކުރުމަށް އެ ސިޓީގެ ކައުންސިލުން އެންގި ...

މިހާރު ހުށަހެޅިފައިމިވާ އިސްލާހުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް ވުރެ މާތަފްސީލީ ގޮތަކަށް އެކުށް ބަޔާންކޮށްފައިވާނެ- ނިހާނ

ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުންޏެއް ނުކުރާނެކަމަށާއި، ނަމަވެސް ރިޝްވަތު ހުއްޓުމަށް މުޅިން އާ ބާބެއް ޤާނޫނުލް އުޤޫބާތަށް ...

އަވިން އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ބޮޑު ހަ ރަށަށް

އާބާދީ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ. ...