ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެއް ބޮޑުކުރަނީ

ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކޮށް، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ބިލްގައި ވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.

50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގާ ގޮތަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އުމުރުން 2 އަހަރުގެ ދަށުގެ ކުދިންނަށް މި ޓެކްސް ނުނަގާނެއެވެ.

އަދި ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. ޓީޖީއެސްޓީގެ ބަދަލަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މަޖިލީހަށް ހުށަހަޅާ ބިލްގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ހިމަނާފައިވާއިރު ދިވެހިންގެ އަތުން ނަގަމުން ދިޔަ ފީ އާއި ރޭޓްތައް ބޮޑުކުރުމަށް ނިންމާފައެއް ނުވެއެވެ. ހަމައެކަނި ނިންމާފައިވަނީ ރާއްޖެއަށް އަންނަ ބޭރު މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސް ބޮޑުކުރުމަށެވެ.

އެގޮތުން ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގާއިރު މި ބަދަލާއެކު ދެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުގައި 50 ޑޮލަރު ނަގާއިރު އެ އަދަދު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އެ އަދަދު 240 އަށް ބޮޑުކުރުމަށް އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މީހުންގެ އަތުން 120 ޑޮލަރު މިހާރު ނަގަމުން އަންނައިރު އެ އަދަދު 480 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ފިސްކަލް ރީފޯމް އެޖެންޑާގެ ދަށުންނެވެ. އެގޮތުން މި ބަދަލާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެއް އާމްދަނީއަށް އަންނާނެކަމަށް މާލީ ވުޒާރާއިން ލަފާ ކުރައްވައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ...

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 10  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...