ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް

96000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ހުރިހާ ދަރިވަރުންނާވެސް މިއަދު ވަނީ ރިޕޯޓު ފޮތް ހަވާލުކޮށްފައެވެ.

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ނިންމާލާފައިވާއިރު، މިޑް ޓާމް ޗުއްޓީނިމި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުންނަށް 10 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ދެވަނަ ޓާރމް ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދިމާވަނީ އަންނަ އަހަރުގެ ރަމަޟާން މަހާއެވެ.

މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދެއެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދެމުންދަނީ 55 ސްކޫލެއްގައެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ.

މިއަހަރުގެ ދިރާސީ އަހަރުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާއިރު މީގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. މީގެ ތެރެއިން 26000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ މާލޭގެ ސްކޫލްތަކުގައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. މިހާރު އޮންނަގޮތަށް އަހަރުގެމެދުތެރެއަށް ދިރާސީ އަހަރު ފެށުން ބަދަލުކުރީ، ކޯވީޑް 19އާއި ގުޅިގެންނެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ ގިނަ ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވަނީ ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށަންކަމަށް ވިދާޅުވެފައެވެ.

މިގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރެވޭނީ 2026 ވަނަ އަހަރުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : މާލެއިން ރަށަށް ދިއުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއްނޫން

ތަފާތު އެކި ބޭނުންތަކުގައި މާލެއައިސް ރަށްރަށް ނުދެވިތިބި މީހުންވެސް މިވަގުތު ރަށްރަށަށް ދިއުމުގެ ވިސްނުން ނުގެން ގުޅުއްވުމަށް ހެލްތް ...

މާދަމާ މީދޫގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ އީދު ކުރައްވާ ބޭފުޅުން

މާދަމާ ( 31  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެ

ވޯލްޑިވްސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރީގެ ގައުމީ ސެޓަރު މުހައްމަދު ރަނޭޝް ހޮވިއްޖެއެވެ. މައްސަލަ ބޮޑުވެފައިވާ ވީއޭއެމްގެ ...