މީދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެނީ

މީދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާލިބުނު މީހަކަށް ހިތަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ
މިމަހުގެ 19 ވަނަ ދުވަހު މީދޫގައި ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ ރޯޝަނީމަގުގެ ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލަކާ ހިރުދުމަގުން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް އެންދެރިމާގެ ކަންމަތިން ޖެހިހެންނެވެ.
މިއެކްސިޑެންޓްގައި ބޮޑަށް އަނިޔާވެގެން އައިސީޔޫގައި ފަރުވާ ދެމުންދަނީ ރޯޝަނީމަގުން ސައިކަލް ދުއްވި މީހާ އަށެވެ.

މިއެކްސިޑެންޓްގައި ހިރުދުމަގުން ސައިކަލް ދުއްވި މީހާއަށް މާބޮޑެތި ގެއްލުމެއް ލިބިފައި ނުވެއެވެ.

Next: އައްޑޫ ސިޓީގައި “އިސްރަށްވެހިންގެ ހިޔާވަހި” ބިނާކުރުމަށް ރައީސް ނިންމަވައިފި