މީދޫ ކައުންސިލަރު ސޯލިހާގެ މާމަ ނިޔާވެއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާގެ މާމަ، މީދޫ ކަނީރުމާވާދީ އާމިނަތު ވަރުދާ ނިޔާވެއްޖެ އެވެ.

ސޯލިހާގެ މާމަ އާމިނަތު ވަރުދާ  ނިޔާވެފައިވަނީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގައި  ފަރުވާ ދެމުންދަނިކޮށް އުމުރުން 90 އަހަރުގައި މެއިމަހުގެ 5 ވަނަ ދުވަހުއެވެ.

އާމިނަތު ވަރުދާ ނިޔާވި އިރު ދުނިޔޭގައި 10 ކުދިން އެބަތިއްބެވެ. އެއީ ތިން އަންހެން ކުދިންނާއި 7 ފިރިހެން ކުދީންނެވެ.

މަރުޙޫމާ އާމިނަތު ވަރުދާގެ  މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ 5 މެއި 2024 ވަނަ ދުވަހުގެ ޢިޝާ ނަމާދަށްފަހު، މަސްޖިދުލް އިބްރާހިމް މަޖުދުއްދީން (ރާވެރި މިސްކިތް) ގައެވެ.

މަރުޙޫމާ އާމިނަތު ވަރުދާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

advertisement

Next: އައްޑޫ ސިޓީ މީދޫއާއި ހުޅުމީދޫގެ ބިން ހިއްކަން ފަށައިފި