ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހާއްސަ ހަފުލާއެއް، ހަވާއެރުވުން އޮންނާނެ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީއެންސީން ބުނީ ‘ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ’ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ޕާޓީން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.

އެ ޖަލްސާ އަށް ހުރިހާ ދިވެހިންނަށް ދައުވަތު ދީފައިވާއިރު އެ ހަފުލާއަށް ފަހު ހަވާ އެރުވުން އޮންނާނެ ކަމަށް ޕީއެންސީން ބުންޏެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެއެވެ.

Next: ރައީސަށް އިތުބާރުކޮށް ރައްޔިތުން ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ދީފި