މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއަރކޮށްފި

މޯލްޑިވިއަން އައިޑަލް ތިންވަނަ ސީޒަން ރޭ ޕްރިމިއާކޮށްފިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވތަކުގެ ތެރެއިން ރޭ ދައްކާފައިވަނީ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯވއެވެ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވތައް ރޭ ދައްކަން ފެށިއިރު ކުރީގެ ދެ ސީޒަނާ ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުގައި 4 ފަންނާނުން ތިބިއެވެ. އެއީ މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ ޖަޖުންނާއެކު އަލަށް ޖަޖުންގެ ޕެނަލުގައި ހިމެނު ޒާރާ މުޖުތަބާއއާއެކުގައެވެ.  އަދި ކުރީގެ ސީޒަންތަކުގައި ނުފެންނަ “ގޯލްޑަން މައިކް” މިފަހަރުގެ ސީޒަންގައި ރޭ ފެނިގެންގޮސްފައިވެއެވެ. އައިޑަލް ސީޒަން ތިނެއްގައި ފެނިގެންދިޔަ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޝޯވގެ ފިރިހެން ހޯސްޓެއްގެ ގޮތުގައި މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ މޫސާ ވަސީމާއެކު މިފަހަރުގެ ސީޒަންގައި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ބެލުންތެރިންނާއި ބައްދަލުކުރީ ޝާއިނާ ޝަރީފެވެ.

އައިޑަލް ސީޒަން ތިނެއްގެ ޝޯވތައް ރޭ ދައްކަން ފަށާފައިވާއިރު، މި ރޭ ވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މާލޭ އޮޑިޝަންގެ ޝޯވއެކެވެ. އަދި މިމަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ އޮޑިޝަން ދެއްކުމަށް ހަމަޖެހިފައިވާއިރު، ރ. އުނގޫރާފުގެ އޮޑިޝަންތައް ދައްކާނީ 18 ވާ އާދިއްދަ ދުވަހުގެ ރެއެވެ..

Next: ބެސްޓް ފުޓްސަލް މުބާރާތް 2018 މިރޭ ފަށަނީ