ލިވަޕޫލްއާއި އާސެނަލް ބަލިވެ ސިޓީއަށް 2 ޕޮއިންޓް ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ލިވަޕޫލް ކުޅުނު މެޗުތަކުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑުވެއްޖެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލް ކްރިސްޓަލް ޕެލަސް އާއި ބައްދަލުކޮށް  1-0 އިން ބަލިވެފައިވާއިރު  އާސެނަލް ބަލިވީ އެސްޓަން ވިލާ އާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުންނެވެ.

ލިވަޕޫލްއާއި އާސެނަލް ބަލިވުމުން ސިޓީއަށް ޓޭބަލްގެ ލީޑު ލިބެނީ  32 މެޗުން 73 ޕޮއިންޓް ލިބިގެންނެވެ.  ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން ލިބިފައިވަނީ  71 ޕޮއިންޓެވެ.

Next: މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނަން: ރައީސް މުޢިއްޒު